ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދެމުން ދިޔައިރު، އެ ހޮސްޕިޓަލުގެ ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދިޔަ އިރު، އެ ހޮސްޕިޓަލުގެ ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަނީ ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް، އެ ހޮސްޕިޓަލުގެ ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައިގެ ތަހުގީގު އޮތީ ކިހާ ހިސާބެއްގަތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އެކަން ދޮގު ކުރައްވާފައެއް ނުވެ އެވެ.

”އެކަމާ ގުޅޭ މައުލޫމާތު މި ޕްރެސް އަކަށް ގެނެވިފައެއް ނެތް، ފަހުގެ ވަގުތެއްގައި ޕޮލިސް މީޑިއާ ތުރޫކޮށް އެއާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވޭ ވަރަކަށް ހިއްސާ ކުރާނަން،“ ބަޝީރު ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!