ރޭ ދަރަވަންދޫން ހައްޔަރު ކުރީ ނަޝީދަށް ހަމަލާދިނުމުގައި ހިމެނޭ މީހެއް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު (23 އަހަރެވެ.) މިނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ ބ ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލައިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި މީގެކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައި ވަނީ ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބައިވެރިވާ ފަރާތެއް ކަމަށް ފުލުހުން ބުނެއެވެ.

ޓެރަރިޒމް ހަމަލާއެއް މާލޭގައި ދީފައިވާއިރު އެކަމާ ގުޅިގެން ހާއްސަ އޮޕަރޭށަންތަކެއް ކުރިއަށް ދާ ކަމަށާއި މިހާރު ވެސް އެފަދަ އޮޕަރޭޝަންއެއް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހަފްތާ ތެރޭގައި އައްޑޫގައި ހިންގި އޮޕަރޭޝަން އަކުން ވެސް 9 މީހަކު ހައްޔަރު ކޯށްފަިއވާ ކަމަށް ފުލުހުން ބުނެއެވެ.

ރޭ ދަރަވަންދޫން ހައްޔަރު ކުރި ފާތިހު ވަނީ ކޮވިޑް ޓެސްޓު ހެދުމަށް ފަހު މިހާރު މާލެއަށް ގެނެސްފައެވެ.

މި މައްސަލައިގައި މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!