އެލްޖީއޭއަށް ކައުންސިލަރުން ހޮވުން އަންނަ މަހު

ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް ބޭފުޅުން ހޮވަން ބާއްވާ އިންތިހާބު އަންނަ ޖޫން މަހު ބާއްވަން ނިންމައިފި އެވެ. މިއީ އާ ގާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑު އެކުލަވައިލުމަށް އިންތިހާބު ކުރަން ޖެހޭ ފަރާތްތަކެވެ.

ކައުންސިލްތައް ލާމަރުކަޒު ކުރުމަށް ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން އެލްޖީއޭގެ ބޯޑަށް ހުރިހާ ސިޓީ ކައުންސިލަރުންގެ ތެރެއިން ބޭފުޅު، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން ބޭފުޅަކު އަދި ރަށު ކައުންސިލް މެމްބަރުންގެ ތެރެއިން ބޭފުޅަކު ހޮވަން ޖެހެ އެވެ.

މިއަދުން ފެށިގެން މި މަހުގެ 24 އާއި ހަމައަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކުރިމަތިލާ ކައުންސިލަރުންގެ މެދުގައި ވޯޓު ނަގަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!