ވިލިނގިލީގައި ވެސް ކާފިއު އިޢުލާންކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގއ. ވިލިނގިލީގައި ކާފިއުއެއް ހިންގަން އެޗްޕީއޭ އިން ނިންމައިފި އެވެ. ވިލިނގިލީގައި ކާފިއު އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެެރެފައިވާ އެންގުމުގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން އިރުއޮއްސި 6:00 އިން ފަތިހު 4:00 އަށް އެރަށުގައި ކާފިއު ހިންގާނެ އެވެ. އެވަގުތުތަކުގައި އެއްވެސް ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޞިރުވެގެން ކްލާސްތައް ކުރިއަށްގެންދިއުންވެސް ހުއްޓާލުމަށް އެޗް.ޕީ.އޭއިން އަންގާފައިވެއެވެ.

ވިލިނގިލީގައިވެސް ހޮޓާތަކާ ކެފޭތަކާއި ރެސްޓޯރަންޓްތަކަށް އާއްމުންގޮސްގެން ޚިދުމަތް ހޯދުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ކަނޑައަޅާފައިވާ އުޞޫލުން ޓޭކްއަވޭގެ ޚިދުމަތާއި ޑެލިވަރީގެ ޚިދުމަތްދެވޭނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ވިލިނގިލީގައި ހަފްތާއެއްގެ މުއްދަތަށް ކާފިޢު އިޢުލާންކޮށް، ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، އައްޑޫއާއި، ފުވައްމުލަކުގެ އިތުރުން ލ. ގަމުގައިވެސް މިހާރު ވަނީ ކާފިޢު އިޢުލާންކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!