ހަރުކަށި ފިކުރުގެ 9 މީހުން ހައްޔަރުކޮށްފި، ފުލުހުންގެ ޕްރެސް މިއަދު

މިމަހުގެ 6 ވަނަދުވަހު ރައްޔިތުން މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގެ ތަހުޤީގު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު އޮންނާނެއެވެ.

ފުލުހުން ވިދާޅުވީ މި ޕްރެސް ކޮންޕަރެންސް އޮންނާނީ މިއަދު ހެނދުނު 11:00 ގައެވެ. އަދި މި ބައްދަލުވުުގައި ތަހުޤީގު އެންމެފަހުހެ މައުލޫމާތު ހިއްސާކުރައްވާނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރާއި ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝާފިއުއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ތަހުޤީގާއި ގުޅޭ މައުލޫމާތު ފުލުހުން އެންމެ ފަހުން ހިއްސާކޮށްފައިވަނީ މިމަހުގެ 11 ވަނަދުވަހުއެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކެއް ހަރުކަށި ފިކުރި ފަތުރަން މަސައްކަތް ކުރާ ބަޔަކު ހައްޔަރުކުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މިގޮތުން އައްޑޫ ސިޓީން 7 މީހަކު މިމަހުގެ 15 ވަނަދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަރުކަށި ފިކުރު ފެތުރުމުގައި ބޮޑެއްގެ ގޮތުގައި އުޅޭކަމަށް ތުހުމަތުކެރެވޭ މީމިހަކު މިމަހުގެ 18 ވަނަދުވަހު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން ބ. ދަރަވަންދޫންވެސް ހަރުކަށި ފިކުރު ފެތުރުމުގުގެ ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ރޭ ވަނީ މީހަކު ހައްުޔަރުކޮށްފައެވެ. މި މީހުންނާއި ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ނުރައްކާތެރި އެއްޗެއް ގޮއްވާލާ ބަޔަކުވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައެވެ. މި ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ހަދާފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

މި ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން އަންނަނީ ބާރުތަކުން ގެންދަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެލާޓް ލެވެލްވެސް ވަނީ މަތިކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!