ރުބީނާ ކޮވިޑުން ރަނގަޅުވާން ކުރީ މި 5 ކަންތައް

މި މަހު ކުރީކޮޅު ކޮވިޑް-19 ޖެހުނު އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ރުބީނާ ދިލެއިކް މިހާރު އެ ބަލިން ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި އިނދެގެން ކުރި ކަންތައްތައް ހިއްސާކޮށްފިއެވެ.

މިއަދު އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ރުބީނާ ބުނީ ކޮވިޑުން އަވަހަށް ފަސޭހަވާން އޭނާ ކުރީ މައިގަނޑު 5 ކަމެއް ކަމަށެވެ. އެއީ، ދުޅަހެޔޮ ކާނާ ކެއުމާއި، ގިނަގިނައިން ފެން ބުއިމާއި، ޔޯގާ ހެދުމާއި، ގަޑިން ގަޑިއަށް ބޭސްކެއުމާއި ހިތްހަމަޖައްސައިލަން މިއުޒިކް އަޑުއެހުން ކަމަށް ހާމަކޮށްފައިވެއެވެ.

ރުބީނާ ބުނީ އޭނާ ކަރަންޓީނުގައި 19 ދުވަސް ހޭދަކުރި ކަމަށެވެ. އަދި ބަލިން ރަނގަޅުވާން އެންމެ މުހިންމު އެއް ކަމަކީ ޕޮޒިޓިވް ވިސްނުން ގެންގުޅުމާއި އުފާވެރިކަން އިސްކުރުން ކަމަށް ބުނެފައިވެއެވެ.

“ބިގް ބޮސް 14” ކާމިޔާބުކުރި ރުބީނާ އެންމެފަހުން ފެނިފައިވަނީ އޭނާ ކުރިން ވެސް މަސައްކަތްކުރި “ޝަކްތީ” ސިލްސިލާއިންނެވެ. އެ ސިލްސިލާއަށް ރުބީނާ އެނބުރި އައިއިރު، ފޭނުން ތިބީ އުފަލުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!