ދިޕިކާ ބޭނުންވަނީ ކިތައް ދަރިން ކަން އެނގޭތަ؟

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ ދިޕިކާ ޕަޑުކޯން މީގެ ތިން އަހަރުކުރިން ކައިވެނިކޮށްފައި ވިޔަސް، އެ ކައިވެންޏަށް އަދި ދަރިއަކު ލިބިފައެއް ނުވެއެވެ. މަޝްހޫރު އެކްޓަރު ރަންވީރު ކަޕޫރާ އިނދެގެން އުޅެގެން ދިޕިކާ މިހާތަނަށް ކުއްޖަކު ނުހޯދައި ހުރީ ކޮން ސަބަބަކާހެދި ކަން ނޭނގުނަސް، އޭނާއަކީ ކުދިން ބޭނުންވާ މީހެއްކަން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ކުރިން މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި 35 އަހަރުގެ ބަތަލާ ބުނި ގޮތުގައި، އޭނާއާއި އޭނާގެ ކޮއްކޮ ބޮޑުވެގެން އައިއިރު އެމީހުންގެ މައިންބަފައިންނަކީ ވަޒީފާތައް އަދާކުރަމުންދިޔަ މީހުން ކަމުގައި ވިޔަސް ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅާލުން ފުރިހަމައަށް ދިނެވެ. އެހެންކަމުން، ރަންވީރާއެކީ ކޮންމެވެސް ދުވަހަކުން އާއިލާއެއް ބިނާކުރާއިރު އެދެމީހުންނަށް ވެސް ހަމަ އެފަދައިން ދަރިންނަށް އަޅާލެވޭނެ ކަމަށް އުންމީދުކުރާ ކަމުގައި ދިޕިކާ ވަނީ ބުނެފައެވެ.

ދިޕިކާ ހޯދަން ބޭނުންވަނީ ކިތައް ކުދިންތޯ އެ އިންޓަވިއުގައި ސުވާލުކުރުމުން އޭނާ ބުނީ 3 ކުދިން ކަމަށެވެ. އަދި އެކުދިންނާއެކީ އުފާވެރި އާއިލާއެއްގައި ދިރިއުޅެން ބޭނުންވާ ކަމަށާއި، ފިލްމުތަކުގެ ޝޫޓިންގ އަށް ދާއިރު ކުދިން ގޮވައިގެން ދާނެ ކަމުގައި ބުނެފައިވެއެވެ.

ކޮންމެއަކަސް، ދިޕިކާ އެހެން ބުނެފައި އޮތަސް އެކަން ހަގީގަތަކަށް ވާނީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ. ސަބަބަކީ މިހާރުވެސް އޭނާ ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ އަތުގައި މިވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި “ޕަތާން”، “83” އަދި ޝަކުން ބަޓްރާގެ ނަން ހާމަނުކުރާ ފިލްމެއް ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!