ލާމު ގަން، އައްޑޫ އަދި ފުވައްމުލައް ސިޓީގައި ހަވީރު 4 އިން ކާފިއު ހިންގަނީ

އައްޑޫ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ލ. ގަމުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ފިޔަވަޅު އަޅަނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެވަގުތުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުމަކީ މަނާ ކަމެކެވެ.

ކާފިއު ހިންގުމުގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އައްޑޫ ސިޓީގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން. ފުވައްމުލައް ސިޓީއާއި ލ.ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން ހިމެނެއެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުންވެސް ހިމެނެއެވެ.

މީގެ އިތުރުން ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާންގައި އެއްވެއުޅުން ހުއްޓައިލުމަށާއި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށް ތަންތަން ބަންދުކުރުމަށާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!