ކަރީނާގެ ދަރިފުޅު ތައިމޫރާ ބެހޭގޮތުން ނޭނގޭ ވާހަކަތަކެއް!

ތައިމޫރު އަލީ ޚާނަކީ ކާކުކަން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ޙާއްސަކޮށް ބޮލީވުޑްގެ ޚަބަރުތައް ބަރާބަރަށް ބަލާ މީހެއް ވިއްޔާ މާ ރަނގަޅަށް ވެސް އެނގޭނެއެވެ. މަޝްހޫރު އެކްޓަރުން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ތައިމޫރަކީ ކުޑަކުއްޖެއް ކަމުގައި ވިޔަސް، އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންނަކަށް އޭނާ ދޫނުކުރެއެވެ. ތައިމޫރުގެ ކޮންމެ ޚަބަރަކީ ގިނަ ބަޔަކު ޝައުގުވެރިކަމާއެކީ އެނގެން ބޭނުންވާ ޚަބަރެކެވެ.

އެގޮތުން މިފަހަރު މި ކިޔައިދެނީ، ކުޑަކުޑަ ތައިމޫރާ ބެހޭގޮތުން ގިނަ މީހުންނަށް ނޭނގޭ ބައެއް “ސިއްރުތަކެވެ”.

  1. ތައިމޫރުގެ ނަން ސައިފް އާއި ކަރީނާ އިޢުލާނުކުރުމުން، އެމީހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ. ސަބަބަކީ، އިހު ޒަމާނުގައި އިންޑިއާގައި އުޅުނު ވަރަށް އަނިޔާވެރި ކަމަށްބުނާ ރަސްކަލަކަށް ތައިމޫރު ކިޔާތީއެވެ. އެކަމަކު ހަގީގަތުގައި “ތައިމޫރު” މިއީ އަރަބި ނަމެކެވެ. މި ނަމުގެ މާނައަކީ “ދަގަނޑު” މިއެވެ.
  2. އާއިލާ އެންމެން ތައިމޫރަށް ލޯބިން ކިޔާ ނަމަކީ “ޓިމް” އެވެ. މިކަން ކަރީނާ ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ.
  3. އެކި ބަސްތައް ދަސްކުރުމަށް ތައިމޫރު ޝައުވެރިވެއެވެ. އެގޮތުން އޭނާ ސްޕެނިޝް ބަސް ދަސްކުރަމުންދާކަން ކަރީނާ ވަނީ ދާދިފަހުން ހާމަކޮށްފައެވެ.
  4. ތައިމޫރަކީ އެތައް ބައެއްގެ ލޯބި ލިބިފައިވާ ކުއްޖަކަށް ވާއިރު، އޭނާގެ އުފަންދުވަސްތަކުގައި އާންމުންގެ ފަރާތުން ވެސް ހަދިޔާ ލިބެއެވެ.
  5. ތައިމޫރު ބެލެހެއްޓުމަށް 2 ނެނީއަކު ކަރީނާ ގެންގުޅެއެވެ. އަދި އޭގެން ކޮންމެ މީހަކަށް މަހަކު 1.5 ލައްކަ ރުޕީސް މުސާރައިގެ ގޮތުގައި ލިބޭ ކަމަށް ވެއެވެ.
  6. ތައިމޫރުގެ ފެވަރިޓް ކުލައަކީ ފިޔާތޮށި ކަމަށް ކަރީނާ ބުނެއެވެ.
  7. ތައިމޫރު ވިއްސި ޑޮކްޓަރަކީ، ކަރީނާ، ކަރިޝްމާ އަދި ރަންބީރް ކަޕޫރު ވެސް ވިއްސި ޑޮކްޓަރެވެ. އޭނާގެ ނަމަކީ ޑރ. ރުސްތޮމް ސޫނަވާލާ އެވެ.

ތައިމޫރަށް މިހާރު 4 އަހަރު ފުރިފައިވާއިރު، އޭނާގެ ކޮއްކޮއަކު ވެސް މިހާރު ހުރެއެވެ. ކަރީނާ އާއި ސައިފް އަށް ދެވަނަ ކުއްޖަކު ލިބިފައިވަނީ މިދިޔަ ފެބްރުއަރީ ގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!