ސްރީލަންކާގެ ބޯޑަރު 10 ދުވަހަށް ބަންދުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާއަށް އެއްވެސް ގައުމަކުން މީހުން އެތެރެވުން މަނާކޮށްފިއެވެ

ފޮރިން މިނިސްޓްރީއިން ވަނީ އެކަމާ ގުޅިގެން ސްރީލަންކާއަށް ކުރާ ދަތުރުތަކާ ގުޅިގެން ސަމާލުކަމަށް ކަންތައްތަކެއް ގެނެސްފަ އެވެ. އެގޮތުން މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ފަރާތަކަށް ސްރީލަންކާއަށް އެތެރެ ނުވެވޭގޮތަށް އެގައުމުގު ސަރުކާރުން ނިންމުމެއް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެެވެ.

އެހެން ނަމަވެސް ލަންކާ އިން އެހެން ގައުމުތަކަށް މީހުންނަށް ދަތުރުކުރެވޭނެކަން އަންގާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްރީލަންކާއިން މިހާތަނަށް 147،720 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 1،015 މީހުން ވަނީ މަރުވެފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!