އަލިމަނިކު ހައްޔަރުކުރީ ޓެރަރިސްޓް ހަމަލާއެއް ރާވަމުންދަނިކޮށް: ފުލުހުން

ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި ރޭ މާލެ އިން ހައްޔަރު ކުރި، އަބްދުﷲ އަލީމަނިކަށް، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ފަދަ ޓެރަރިސްޓް ހަމަލާއެއް ރާވާކަމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން މިއަދު ކޯޓުގައި ބުނެފި އެވެ.

ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތު ކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއް މާލޭން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

މިއަދު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ފުލުހުން ވަނީ ހަތް ކަމެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި މުޖުތަމައުަށް ބޮޑު ގެއްލުމެއް ލިބޭނެ ފަދަ ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ދޭން ރާވާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުން ހިމެނެ އެވެ. އަދި ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ތެރެއިން އެންމެ އިސް ފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާކަން ފުލުހުން ފާހަގަކުރި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!