މެމްބަރު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ވަނީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުގައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) އާއެވެ. އެ ދެމަފިރިންނަށް ފިރިހެން ކުއްޖަކު ވެސް ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!