ރިސޯޓަކުން ވަގަށް ނެގި ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

ކ. އަތޮޅު ރިސޯޓަކުން ވަގަށް ނެގި ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ވައްކަމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ކ. އަތޮޅު ރިސޯޓަކުން ވަގަށް ނެގި ބަނގުރާ ފުޅިތަކެއް ވަނީ އަތުލައިގެންފައި ކަމަށެވެ

ރިސޯޓަކުން ބަނގުރާ ފުޅިތަކެއް ވަގަށް ނަގައިގެން އެ ރިސޯޓުން ބޭރު ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 11:45 ހާއިރު އެ ރިސޯޓުގެ ވޯޓަރވިލާ ޖެޓީ މަތިން ކަމަށް ވެސް ފުލުހުން ބުނެ އެވެ

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް 53 ފުޅި ބަނގުރާއާއި 12 ދަޅު ބިޔަރު ގެނެސްފައިވާ ކަމަށާއި ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފަ ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!