ޕޮޒިޓިވްކަން އެނގިހުރެ، ކަަރަންޓީނު އުސޫލުތަކާ ހިލާފަށް ރައްޓެހިންނާއި އެކުގައި މަޖާކުރި މީހަކު 10000ރ. އިން ޖޫރިމަނާ ކޮށްފި

ކޮވިޑަށް ޕޮޒިޓިވް ވެ ށ. މިލަންދޫގައި ކަަރަންޓީނުގައި ހުރި 32 އަހަރުގެ ޒުވާނަކު އުސޫލުތަކާ ހިލާފުވުމުން 10،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

މިލަންދޫ ކައުންސިލްއިން ވިދާޅުވީ ފުލުހުން ރޭ އޭނާ ޖޫރިމަނާ ކޮށްފައިވަނީ އެތައް ފަހަރަކު ނަސޭހަތް ދިނުމުން ވެސް އެކަމަށް ބޯ ނުލެބުމުން ކަމަށެވެ.

މާލެ އިން ގޮސް ކަރަންޓީނުގައި ހުއްޓައި ކޮވިޑް-19ގެ އަލާމާތްތައް ފެނުމުން ނެގި ސާމްޕަލް ޕޮޒިޓިވް ވުމުން އޭނާ ކަރަންޓީނުގައި ހުންނަތާ ހަފުތާއެއް ވެދާނެ ކަމަށް ކައުންސިލްއިން ވިދާޅުވި އެވެ.

ނަމަވެސް ކަރަންޓީނުގައި ހުންނައިރު ގޭ ކައިރިއަށް ރަހުމަތްތެރިން ގެންގޮސް ޖޯލިފަތީ ވާހަކަ ދައްކަން ތިބުމާއި، ކައިބޮއި ހެދުމަށް އެތައް އިރެއް ހޭދަކުރާ ކަމަށާއި އަދި ޕޮޒިޓިވް ވެފައިވާ މީހާ މާސްކު ނާޅައި ހުންނަ ކަން ވެސް ފާހަގަ ކުރެއްވިފައި ވާކަމަށް ކައުންސިލް އިން ވިދާޅުވެއެވެ.

މީގެ ކުރިން ވެސް ވަނީ ކަރަންޓީނުގައި ހުރި މީހަކު އުސޫލުތަކާ ހިލާފުވުމުން 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!