ކޮވިޑްގައި މިއަދު މިހާތަނަށް 6 މަރު

ކޮވިޑް ބަލީގައި މިއަދުގެ މިހާތަނަށް ހަވަނަ މީހަކު މަރުވެ، ހިތާމަވެރި ދުވަހަކަށް ބަދަލުވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު މަރުވި ހަވަނަ މީހަކީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މާލެ ސަރަހައްދުން މިއަދު މަރުވި ހަތަރުވަނަ މީހާ އެވެ. އޭނާ މަރުވީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 9:48 ހާއިރު އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މާލެއިން މަރުވި ފުރަތަމަ މީހަކީ 73 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 7:25 ގައެވެ.

މާލެ ސަރަހައްދުން މަރުވި ދެވަނަ މީހާއަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 51 އަހަރުގެ އިންޑިއާ މީހެކެވެ. އޭނާ މަރުވި ކަމަށް ރިޕޯޓް ކޮށްފައިވަނީ ހެނދުނު 8:44 ގައެވެ.

މާލެ ސަރަހައްދުން މަރުވި ތިން ވަނަ މީހާ އަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވި ކަމަށް އެޗްޕީއޭ އިން ނިންމާފައިވަނީ މިއަދު ހެނދުނު 8:30 ގައެވެ.

ކޮވިޑް ބަލީގައި މިއަދު ހެނދުނު ވަނީ ލ. އަތޮޅުން ވެސް ދެ މީހުން މަރުވެފަ އެވެ. ގަން ހޮސްޕިޓަލްގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ގަމު، މަތިމަރަދޫ އަވަށަށް ނިސްބަތްވާ އުމުރުން 87 އަހަރުގެ ފިރިހެނަކާއި ލ. މާވަށަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ އަންހެނެކެވެ.

އެހެންކަމުން ރާއްޖޭގައި ކޮވިޑް ބަލީގައި މިއަދު މަރުވި ހަ މީހުންނާ އެކު ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 111 އަށް އިތުރުވެފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!