އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ރައީސް ނަޝީދު ގޮވާލައްވައިފި

އިޒްރޭލުން ގާއްޒާ އަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައްޒާ އަށް ދެމުންދާ ހަމަލަތަކުގެ ހަބަރުތައް ބެއްލެވުމުން ހިއްޕުޅަށް ބިރުވެރިކަން ވަދެފައިވާ ކަމަށެވެ. އަދި އިޒްރޭލުން ގައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައިސް ނަޝީދު އެހެން ވިދާޅުވެފައި ވާއިރު އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުއްވެރިކުރައްވާ، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކުރައްވާ، ފަލަސްތީނު ދިދައަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!