އަންނަ މަހުން ފެށިގެން ފުލެޓުތަކަށް ވަދެވޭނެ

އަންނަ ޖޫން މަހުން ފެށިގެން ހިޔާ ފުލެޓުތައް ލިބުނު ފަރާތްތަކަށް އެތަން ތަނަށް ވަދެވޭނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

މިކަމާއި ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވީ، ކުރިންވެސް ނިންމާފައި ވާގޮތަށް އަންނަ މަހުން ފެށިގެން ފުލެޓުތަކަށް މީހުންނަށް ވަދެވޭނެ ކަމަށާއި، ފުލެޓުތަކުގެ ފިނިޝިންގ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ރޭވިފައިވާ ގޮތަށް އެމަސައްކަތް ކުރިއަށް ދާކަމަށެވެ.

ފުލެޓު ލިބުނު ފަރާތްތަކަށް އެމީހަކަށް ލިބުނު ފުލެޓު ކަނޑައެޅުމަށް ނަގަމުންދާ ގުރުއަތު ލުމުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އަދި ބާކީ ހުރި ކެޓެގަރީތަކުގެ ގުރު ނެގުން ކޯވިޑް 19 ގެ ސަބަބުން ވަނީ މެދުކަނޑާލާފައެވެ.

އެޗްޑީސީއިން މިހާރު ދަނީ މީހުން އެ ފުލެޓުތަކަށް ބަދަލުވެ ދިރިއުޅެން ފަށަންވާއިރަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!