ދިވެހިން ތިބީ ފަލަސްތީނާއެކު: ރައީސް

ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް “ފްރީ ފަލަސްތީން” ކެންޕެއިންގައި ބައިވެރިވެވަޑައިގެން ޒުވާނުން މިއަދު ކުރިއަށް ގެންދާ ހަރަކާތަށް ހިތްވަރު ދެއްވައިފި އެވެ.

ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ހާއްސަ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ އުޚުވަތްތެރި ރައްޔިތުންނާއެކު ކަން ހާމަކުރުމުގެ ގޮތުން މަޖީދީމަގުގައި ކުރިއަށް ގެންދާ ހަރަކާތުގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން ބެލްކަނިތަކާއި މަގުތަކަށް ނިކުތުމަށް ވަނީ ހަމަޖެހިފައެވެ.

އެ ހަރަކާތް ފެށެން ތައްޔާރުވެފައިވަނިކޮށް ރައީސް ސޯލިހް ވަނީ ފަލަސްތީނުގެ ދިދައާއެކު މުޅި ދުނިޔެެއަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.

މި ސަރުކާރުން އެކި ފަހަރު މަތިން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!