އިންޒާރާ ގުޅިގެން މަޖިލީހުގެ ސެކިއުރިޓީ ވަަރުގަދަ ކޮށްފި

ލިބުނު އިންޒާރަކާއި ގުޅިގެން މަޖިލީސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ތްރެޓެއް [ނުރައްކަލެއް] އޮތް ކަމަށް ބުނެ ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލީހުގެ އިމާރާތާއި ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތި ކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގެ ލައިވްއަކަށް މީހަކު ކުރި ކޮމެންޓެއްގެ މައްސަލަ ފުލުހުންވެސް ދަނީ ބަލަމުންނެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާއެއް ޓީވީ ޗެނަލަކުން ލައިވް ސްޓްރީމްކުރަމުން ދަނިކޮށް ފޭސްބުކްގެ ކޮމަންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މަޖިލީހުގެ އިދާރާ އިންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!