މިއަދުގެ ދެވަނަ މަރު، ޖުމްލަ 104 އަށް

ކޮވިޑު19ގައި އިތުރު މީހަކު މަރުވެ އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ ޖުމްލަ އަދަދު 104 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ އައިޖީއެމްއެޗްގެ ޑީއެޗް-11ގައި ފަރުވާދެމުންދިޔަ 73 އަހަރުގެ ދިވެހި އަންހެނެއް 12:10 އެހާކަންހާއިރު މަރުވެފައިވާ ކަމަށެވެ. 

މިއީ މި މެއި މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑުގައި މަރުވި 31 ވަނަ މީހާ އެވެ. މިއީ ކޮވިޑުގައި ރާއްޖެއިން މަރުވި 104 ވަނަ މީހާކަމަށް އެޗްޕީއޭ އިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!