މަޖިލިސް ގޮއްވާލަންވީ ކަމަށް ބުނެ ދެއްކި ވާހަކަތައް ފުލުހުން ބަލަނީ

ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއް ކަމަށް ބުނެ، ކޮމެންޓު ކުރި މީހެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން، ފުލުހުންނާއި ސިފައިންގެ ސަމާލުކަމަށް ގެނެސްފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވީ އެކަން މަޖިލީހުގެ އަމީން އާއްމުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެކަމަށް ބުނެ މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.

އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ތަންތަނާއި މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި, ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!