ކޮވިޑްގައި މާބަނޑު މީހުންނަށް ނުރައްކާ ބޮޑު: ޑރ. ފައިސަލް

މާބަނޑު މީހުންނަށް ކޯވިޑް-19 ޖެހުމުން ނުރައްކާ ވަރަށް ބޮޑު ކަމަށް ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަދު ފައިސަލް އިންޒާރުކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު މާބަނޑު މީހުން މިބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ. މި ބަލީގައި ހާލު ބޮޑުވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ގިނަކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ އައިސީޔޫއަށްލާން ޖެހޭ މީހުންގެ އިތުރުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭ މާބަނޑު މީހުން ވެސް އެބަތިބި ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުން ޕޮޒިޓިވްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މައިމީހާގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ހާލަތުގައި ދަރިފުޅު ނިޔާވެ، އެބޯޓުވުން ފަދަ ހިތާމެރި ހާދިސާތައް ހިނގާ ކަމަށެވެ.

މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މާބަނޑު ދެ މީހަކު ދުވަސްނުފުރާ ވިހާފައިވާ ކަމަށާއި، އެ ކުދިންނަށް ވެސް ފަރުވާ ދެމުންދަނީ އެންއައިސީޔޫގައި ކަމަށެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!