ގައްދޫ ޒާހިރުގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް

ރައްޔިތުން މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަނީ ޒާހިރު އާދަމް އާއިލާއަށް، އީވާގެ އަމިއްލަ ނަމުގައްޔާއި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި ތައުޒިޔާ ފޮނުއްވައިފަ އެވެ. އަދި ޒާހިރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ކުރެއްވި އެވެ.

އުމުރުން 74 އަހަރުގައި ޒާހިރު އާދަމް އަވަހާރަވީ ރޭގެ ވަގުތެއްގައި އެވެ. ޒާހިރު އަވަހާރަވެފައިވަނީ ކޮވިޑް-19ގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!