އެމްއައި ކޮލެޖްއިން ވައްކަން ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

އެމްއައި ކޮލެޖް ދޮރަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ އެވީޑިއޯއިން ފެންނަ މީހަކީ 2021 މާރިޗް 16 ވަނަ ދުވަހުގެ ވަގުތެއްގައި އެމްއައި ކޮލެޖްގެ ދޮރަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ވީމާ މީނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481765 އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!