އެރިއާނާ ގްރާންޑޭ ކައިވެނި ކުރީތަ؟

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭ އާއި އޭނާގެ ލޯބިވެރިޔާ ޑެލްޓަން ގޮމޭޒް ކައިވެނިކޮށްފި ކަމަށް ‘ޓީއެމްޒީ’ ނޫހުން ރިޕޯޓުކޮށްފިއެވެ.

27 އަހަރުގެ ލަވަކިޔުންތެރިޔާ އާއި ޑެލްޓަން އެންގޭޖްވެފައި ވަނީ މިދިޔަ ޑިސެމްބަރުގައެވެ. އަދި މިހާރު އެދެމީހުން ކައިވެނިކޮށްފި ކަމަށް، އެމީހުންނާ ގާތް ފަރާތަކާ ހަވާލާދީ ޓީއެމްޒީ އިން ވަނީ މިރޭ ރިޕޯޓުކޮށްފައެވެ.

އެރިއާނާ އާއި ޑެލްޓަން ކައިވެނިކުރީ އެރިއާނާގެ ގޭގައި ވަރަށް ކުޑަ ހަފްލާއެއްގައި ކަމަށާއި، އެ ހަފްލާގައި ބައިވެރިވި މީހުންގެ އަދަދު 20ށް ވުރެ މަދު ކަމަށް އެ ނޫހުން ބުނެއެވެ. ހަމައެކަނި ހާޒިރުވި މީހުންނަކީ ދެފަރާތުގެ އާއިލާ ކަމަށް ބުނެއެވެ. ނަމަވެސް އެއީ ރަސްމީ ހަފްލާއެއް ނޫން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ޓީއެމްޒީ އިން އެގޮތަށް ރިޕޯޓުކޮށްފައި ވިޔަސް، އެރިއާނާގެ ފަރާތުން އަދި އެ ޚަބަރު ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކާމިޔާބު އެތައް ލަވަތަކެއް ކިޔާފައިވާ ޒުވާން ލަވަކިޔުންތެރިޔާ މީގެ 3 އަހަރު ކުރިންވެސް އެންގޭޖުކުރިއެވެ. އޭރު އެންގޭޖުކޮށްފައި ވަނީ އެކްޓަރު ޕީޓް ޑޭވިޑްސަން އާއެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ އެ އެންގޭޖްމެންޓު ރޫޅައިލި ތަން ފެނިގެން ދިޔައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!