ރީތިކަން ދެމެހެއްޓުމަށް ކުރެވިދާނެ ފަސޭހަ ކަންކަން

ޒުވާންކަން މަތީ ގިނަދުވަހު ހުރުމަށް، އަދި މޫނާއި ގައިގެ ހަންގަނޑު އުޖާލާކޮށް ބެހެއްޓުމަށް ވަރަށް ބުރަ މަސައްކަތެއް ކުރަންޖެހޭ ކަމަށް ބައެއް މީހުންނަށް އޮންނަނީ ހީވެފައެވެ. އެކަމަކު ހަގީގަތުގައި، އާންމު ދިރިއުޅުމަށް ގެންނަ ވަރަށް އާދައިގެ ބަދަލުތަކަކުން ވެސް މީހާގެ ރީތިކަން ދެމެހެއްޓިދާނެއެވެ. މިފަހަރު މި ކިޔައިދެނީ އެފަދަ މުހިންމު ބައެއް އާދަތަކެވެ.

  • ދުޅަހެޔޮކޮށް ކެއުން. މިހެން ބުންޏަސް މީގެ މާނައަކީ އަބަދު ތަރުކާރީ އާއި މޭވާ ކެއުމެއް ނޫން. އެކަމަކު ދޭތެރެދޭތެރެއިން ހަށިގަނޑު ޑީޓޮކްސިފައި ކުރަން ވާނެ.
  • ރޭގަނޑު މޫނު ދޮވުން. އޭރުން މުޅި ދުވަހު މޫނަށް ޖަމާވެފައި ހުންނަ ހިރަފުހާއި ބެކްޓީރިއާތައް ސާފުކޮށްލެވޭނެ.
  • މޭވާއިން ފޭސް ޕެކް ތައްޔާރުކޮށްގެން މޫނުގައި އުނގުޅުން. ކައިފައި ބާކީވާ މޭވާ އުކާލުމުގެ ބަދަލުގައި އޭގެން ޕެކެއް ތައްޔާރުކޮށް މޫނުގައި އުނގުޅުން ރަނގަޅުވާނެ.
  • ޤަވާއިދުން މޫނު އެކްސްފޮލިއޭޓް ކުރުން.
  • ސަންސްކްރީން އުނގުޅައިގެން ނޫނީ އަތްވަށް ނުނުކުތުން
  • ޔޯގާ
  • ގިނައިން ފެންބުއިން
  • ނިދި ހަމަކުރުން

މަތީގައިވާ ކަންތައްތަކަކީ ބިޒީ ދިރިއުޅުމަކުން ވަގުތު ހޯދައިގެންކުރެވޭނެ ވަރަށް ފަސޭހަ ކަންތައްތަކެވެ. ޤަވާއިދުން އެކަންކަން ކުރާނަމަ، މީހާގެ ބޭރުފުށުންނާއި ނަފްސާނީ ގޮތުން ވެސް ހެޔޮ ބަދަލުތަކެއް ފެންނާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!