މިފަހަރުގެ މިސް ޔުނިވާސްގެ ތާޖު މެކްސިކޯ އަށް

މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު، މެކްސިކޯ ތަމްސީލުކޮށް މުބާރާތުގައި ވާދަކުރި ރީތީގެ ރާނީ އެންޑްރިއާ މީޒާ އަށް ލިބިއްޖެއެވެ.

އުމުރުން 26 އަހަރުގެ މީޒާ މިސް ޔުނިވާސްގެ ތާޖު އާދިއްތަ ދުވަހު ހާސިލްކުރީ މުބާރާތުގައި ވާދަކުރި 70 އަށް ވުރެ ގިނަ ބައިވެރިންގެ ތެރެއިން ފުރޭނިގެން ގަދަ 21 އަށް ދަތުރުކުރުމަށް ފަހުގައެވެ. އޭނާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައިދިނީ 2019 ގެ މިސް ޔުނިވާސް ކަމުގައިވާ އެފްރިކާގެ ޒޮޒިބީނީ ތުންޒީއެވެ. މީޒާ އަށް އެ މަޤާމު ލިބުނީ ގަދަ ތިނެއްގައި ބްރެޒިލްގެ ރީތީގެ ރާނީއާއި ޕެރޫގެ ރީތީގެ ރާނީ އާ ވާދަކޮށްގެނެވެ.

މި އަހަރުގެ މިސް ޔުނިވާސްގެ ދެވަނަ އަށް ދިޔައީ ބްރެޒިލްގެ ރީތީނެ ރާނީ ޖޫލިއާ ގާމާއެވެ. ތިން ވަނަ ލިބުނީ ޕެރޫގެ ރީތީގެ ރާނީ ޖެނިކް މެސީޓާއެވެ.

މިސް ޔުނިވާސްގެ ތާޖާ އެކު މީޒާ ބުނީ ރީތި ކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ރީތި ކަން ނޫން ކަމަށާއި ރީތި ކަމަކީ ހުރިހާ އެންމެންނާ ދޭތެރޭ ވެސް އެއް ހަމައަކުން ދެކުން ކަމަށެވެ.

މިދިޔަ އަހަރު ކޮވިޑް-19އާ ހެދި މިސް ޔުނިވާސްގެ ހަފުލާ ފުރަތަމަ ފަހަރަށް ކެންސަލްކުރުމަށް ފަހު، މި އަހަރު 69 ވަނަ ހަފުލާ ބޭއްވީ އެމެރިކާގެ ހޮލީވުޑްގެ ހާޑް ރޮކް ހޮޓެލް އެންޑް ކެސިނޯގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!