އެމެރިކާއިން އިސްރާއީލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު

 ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން އިޒްރޭލަށް 735 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހުށައަޅާފައިވާ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

އިސްރާއީލާ ގާތްގުޅުމެއް ބާއްވައި އެ ޤައުމުން ހިންގަމުންދާ ޖަރީމާތައް އެންމެ ބޮޑަށް ފާޅުގައި ދިފާޢުކުރާ އެމެރިކާއިންވަނީ އިސްރާއީލަށް 735 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ޒަމާނީ ހަތިޔާރު ނިންމިކަން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް އަންގައިފައެވެ. އެމެރިކާގެ ޤާނޫނު ބުނާގޮތުން އެ ޤައުމުގެ ސަރުކާރުން އެހެން ޤައުމަކަށް ހަތިޔާރު ވިއްކާނަމަ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް އަންގަން ޖެހެއެވެ. އެގޮތުން އެމެރިކާގެ ސަރުކާރުންވަނީ ހަތިޔާރު ވިއްކަން ނިންމިކަމުގެ ތަފްޞީލުތައް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް މި މަހުގެ 5ވަނަ ދުވަހު އަންގައިފައެވެ. އެކަން ހިނގައިފައިވަނީ އިސްރާއީލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޤުދުސާއި މަސްޖިދުލް އަޤްޞާގައި މުސްލިމުންނާ ދެކޮޅަށް ޢުދުވާންތަކެއް ހިންގަމުންދަނިކޮށެވެ. ނަމަވެސް އޭރު އަދި ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި އެ ޤައުމުގެ މުޖާހިދުން އިސްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދޭކަށް ނުފަށައެވެ.

ވިއްކުމަށް ހުށައަޅާފައިވާ ހަތިޔާރުތަކުގެ ތެރޭގައި ސްމާޓް ބޮމާއި މިސައިލްތަކަށް ބަދަލުވާ ޖޮއިންޓް ޑައިރެކްޓް އެޓޭކް މިއުނީޝަން ފަދަ ނުރައްކާތެރި ހަތިޔާރުތައް ހިމެނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!