ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު ނިޔާވެއްޖެ

ރައްޔިތުން މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު)  ކޯވިޑް-19 ގައި އަވަހާރަވެއްޖެއެވެ.

ޒާހިރު އާދަމް އަވަހާރަވެފައިވަނީ މީގެ އިރުކޮޅެއްކުރިން ގޭގައި ފަރުވާދެމުން ދަނިކޮށެވެ. ޒާހިރު ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މީގެ 2 ދުވަހެއްކުރިންނެވެ. ޕޮޒިޓިވް ވުމާއި ގުޅިގެން ޒާހިރަށް ފަރުވާ ދީފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ޒާހިރަކީ ހައިރިސްކު ބޭފުޅަކަށްވުމުން، ޑޮކްޓަރުންވަނީ ޒާހިރު އެޑްމިންޓްކޮށްގެން ފަރުވާދީފައެވެ.

ނަމަވެސް ޒާހިރު ގެއަށް ބަދަލުކޮށްފައިވަނީ މިއަދު އަމިއްލަފުޅަށް ހާލުކޮޅު ރަނގަޅުކަމަށް ބުނެ، ޑޮކްޓަރުންނާ، ވާހަކަ ދެއްކުމަށްފަހުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!