ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއްކަމަށް ކަނޑައަޅަނީ

ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅުމަށް ބަންޑާރަނައިބު، ބިލެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ.

މިބިލުގެ އިތުރުން ދާދިފަހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އެންގެވުމަށް އެކުލަވާލެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުވުމުގެ ބިލުގެ މަސައްކަތްވެސް ނިންމައި ބަންޑާރަ ނައިބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅުއްވާފައެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެކޮޅެއް ހަމަޖައްސަވައި، ޙިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުއްވާފައި ވާކަމަށެވެ.

ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޚާއްސަ ބިލެއް އެކުލަވާލާފައިވަނީ ސޯޝަލް މީޑިޔާގައާއި، ތަފާތުއެކި ޕްލެޓްފޯމްތަކުގައި ނަފްރަތުއުފެދޭ ވާހަތައް ދެއްކުމުގެ ސަބަނުން ވަކިވަކި ފަރުދުންގެ ސަލާމަތަށް ނުރައްކާވުމާއި، އާންމު މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާގޮތަށް މުޖުތަމައުގައި އެކިހާދިސާތައް ހިނގަމުންދާތީއެވެ. ސަލާމަތީ ބާރުތަކުންވެސް ވަނީ މުޖުތަމައުގެ ސަލާމަތަށާއި، އާންމު ފަރުދުންގެ ސަލާމަތަށް ނުރައްކާވާގޮތަށް ވާހަކަދައްކައި، އެފަދަ އަމަލު ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!