ފަލަސްތީނުގައި ހުންނަ މޯލްޑިވް ގާޒާ ކެފޭއަށް އިސްރާއީލުން ބޮން އަޅައިފި

ފަލަސްތީނުގެ ގާޒާގައި ހަދާފައިވާ “މޯލްޑިވް ގާޒާ” ރެސްޓޯރެންޓަށް އިޒުރޭލުން ބޮން އަޅައި މިއަދު އެތަންހަލާކުކޮށްލައިފިއެވެ.

ޣައްޒާގެ އަތިރިމަތީގައި، ތިން ބުރިއަށް އިމާރާތްކުރި އެ ރެސްޓޯރަންޓަކީ، ޣައްޒާގެ ރައްޔިތުންނަށް ގައުމުން ބޭރަށް ދަތުރުނުކުރެވޭތީ، އަމިއްލަ ގައުމުގައި ތިބެގެން ރާއްޖޭގެ ތަޖުރިބާކޮށްލުމަށް ހުޅުވި ތަނެކެވެ.

އިސްރާއީލުން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތައް ދެވަނަ ހަފުތާއަށް އައިސްފައިވާ އިރު، މިއަދުގެ ހަމަލާތަކުގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރު ހުއްސަމް އަބޫ ހަރުބީދު ވަނީ ޝަހީދުކޮށްލައިފައެވެ.

މިހާތަނަށް އިސްރާއިލުން ފަލަސްތީނަށް ދިން ހަމަލައިގައި 201 މީހުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި 58 ކުޑަކުދިންނާއި 34 އަންހެނުން ހިމެނެއެވެ. އިސްރާއިލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައިވާ މީހުންގެ އަދަދު 1،300 އަށް ވުރެ އިތުރުވެއްޖެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!