ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު 101 އަށް

ކޮވިޑް ޖެހިގެން މިއަދު 3 ވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 06:00 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 70 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާ ކަމަށެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުގެ އަދަދު ވަނީ 101 އަށް އަރާފައެވެ.

މިއަދު އެންމެ ފުރަތަމަ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަަންވަރު 12:14 ހާއިރުއެވެ.

ދެވަނައަށް މިއަދު ނިޔާވެފައިވަނީ ފަތިހު 04:41 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 56 އަހަރުގެ ދިވެހި އަންހެނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!