އެޖެންޑާގައިވާ ހުރިހާ މަސައްކަތެއް ނިމެންދެން ޖަލްސާ ދިގުދަންމާލައިފި

މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ އެޖެންޑާގައިވާ ހުރިހާ މަސައްކަތެއް ނިމެންދެން ޖަލްސާ ކުރިއަށް ގެންދިޔުމަށް ފާސްކޮށްފިއެވެ.

10:30ގައި ފެށި ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ދެ ކަމެކެވެ. އެއީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާފައިވާ ރިޔާސަތުން ހުށަހަޅުއްވާ ކަމެއްގެ ގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލައިގެ އިތުރުން ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރެއިން ރައީސް ނަޝީދަށް ދިން ހަމަލާއާގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމިގޮތުގެ ރިޕޯޓެވެ.

މީގެތެރެއިން 2 ޖެހުމާ ހަމައަށް އައިއިރު ބަހުސްކުރަމުން ދިޔައީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލައަށް މެމްބަރުން ބަހުސްކުރެއްވުމެވެ. އެހެންކަމުން އެޖެންޑާގައިވާ ހުރިހާ މަސައްކަތެއް ނިމެންދެން ޖަލްސާ ދިގުދަންމާލުމަށް ވަނީ ވޯޓަށް އައްސަވާފައެވެ. މިވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ އިއްތިފާގުން ވަނީ ޖަލްސާ ކުރިޔަށްގެންދިޔުމަށް ފާސްވެފައެވެ.

މިޖަލްސާގައި ވަނީ ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަކަށް ވެސް ބަހުސްކުރައްވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!