މޯލްޑިވްސް ހަލާލް ޓްރެވަލް ލޯންޗުކޮށްފި

ހަލާލް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމަށްޓަކައި “މޯލްޑިވްސް ހަލާލް ޓްރެވަލް” ލޯންޗުކޮށްފިއެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލް ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ، ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާޓްގެ ތެރެއިން މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

މި ޕްލެޓްފޯމްއާއި ގުޅޭގޮތުން މޯލްޑިވްސް ހަލާލް ޓްރެވަލް މާޓުގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރު ވިޅާޅުވީ، ހަލާލް ޓޫރިޒަމްއަކީ ގިނަ ފުރުސަތުތަކެއް ހުރި މަރކެޓެއް ކަމަށެވެ. އެގޮތުން މިއީ 189 ބިލިއަން ޑޮލަރުގެ މަރކެޓެއް ކަމަށާއި، މޯލްޑިވްސް ހަލާލް ޓްރެވަލް މާޓް މެދުވެރިކޮށް، ގަލްފްގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ގިނަ މަސައްކަތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ސަނީ ވިދާޅުވިއެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލް މާޓުގެ މެނޭޖިން ޑިރެކްޓަރ ޑރ. ސަނީ އުމަރަކީ މި ދާއިރާއިން ތައުލީމީ އިލްމީ، ދިރާސާތައް ހައްދަވާފައިވާ ބޭފުޅެކެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލްސް ޕްލެޓްފޯމްގެ ދަށުން، ގަލްފްގެ ޤައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މޯލްޑިވްސް ހަލާލު ޓްރެވަލް މެގަޒިންއެއް ނެރުމާއި، މުސްލިމް ފްރެންޑްލީ ޓްރެވަލް ރޭޓިންގެއް ތައާރަފްކުރުމާއި، ޕީއާރު އަދި މަރކެޓިންގ ޓްރެއިނިންގްތަކާއި، ކޮންފަރެންސްތައް ބޭއްވުމުގެ އިތުރަށް ހަލާލް ޓްރެވަލް އެވޯޑެއް ބޭއްވުންވެސް ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!