އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ގިނަ ހިދުމަތްތަކެއް މެދުކަނޑާލައިފި

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ އެކުއެޓޯރިއަލް ހޮސްޕިޓަލުން ދެމުން އަންނަ ގިނަ ހިދުމަތްތަކެއް މެދުކަނޑާލައިފިއެވެ.

އެކުއެޓޯރިއަލް ހޮސްޕޮޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވިފައިވާތީ، އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތައް ދިނުމުގައި މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ގިނަ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ އެމަޖެންސީގެ ހިދުމަތް ފިޔަވައި އެހެން ހުރިހާ ހިދުމަތްތަކެއް އެ މުއްދަތުގައި ހުއްޓާލުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

އެމަޖެންސީގެ ހިދުމަތް މެދުކެނޑިފައިވާ މުއްދަތުގައި އެ ހޮސްޕިޓަލުގައި ރެޖިސްޓްރީ ކުރެވިފައިވާ މާބަނޑު މީހުންނަށް ހޮސްޕޮޓަލުން ގުޅިގެން އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ފަރުވާގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެމުންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި މާބަނޑު މީހުންގެ ރަޖިސްޓަރގައި އަލަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލުގެ ކޯލް ސެންޓަރުގެ ނަންބަރަށް ގުޅުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދޭނެ ކަމަށްވެސް އެކުއެޓޯރިއަލް ހޮސްޕޮޓަލުން މައުލޫމާތުދެއެެވެ.

އޭގެ އިތުރުން ސްޕެޝަލް ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަންގެ ހޮދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހިތަދޫ ފިޔަވާ އެހެނިހެން އަވަށްތަކުން ފަރުވާ ބޭނުންވާ ފަރާތްތަކަށް އެމަޖެންސީ ފަރުވާގެ ހޮދުމަތް އެއަވަށެއްގައި ގާއިމުކުރެވިފައިވާ ސިއްހީ މަރުކަޒުން ފޯރުކޮށްދެވޭނެ ކަމަށާއި އިތުރު ފަރުވާ އަށް އޭއީއެޗް އަށް ފޮނުވާން ޖެހޭ ފަރާތްތަށް އޭއީއެޗް އަށް ރިފާކުރެވޭނެ ކަމަށެވެ. 

ރޯގާގެ ނުވަތަ އެނޫންވެސް ކޮވިޑް ގެ އަލާމާތެއް ހުރި ފަރާތެއް ނަމަ ސީދާ ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ހިތަދޫ އަދި ހުޅުމީދޫ އަވަށުގައި ދިރިއުޅުއްވާ ފަރާތްތަކުން އެ ދެ ރަށުގައި ގާއިމުކުރެވިފައިވާ ފްލޫ ކުލިނިކަށް ދިއުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!