ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދެނީ

ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހެދުމަށް ފުރުސަތު ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މިކަން ހާމަކުރެއްވީ މާލޭގެ މޭޔަރު ކަމާއި ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވާލުވެވަޑައިގަތުމަށް ފަހު ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

ވިލިމާލޭގައި މިހާރު އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ. ނަމަވެސް ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހެދުމަށް ފުރުސަތު ދިނުމަށް އާ ކައުންސިލުން ވަނީ ނިންމާފަ އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި އިމާރާތްތައް 10 ބުރިއަށް ހެދުމަށް ފުރުސަތު ދިނުމުގެ ގޮތުން މާލޭގެ ޕްލޭނިން ގަވައިދު އިސްލާހުކޮށްދިނުމަށް ކަމާ ގުޅޭ އިދާރާ އަށް ވިލިމާލެ ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށެވެ.

“މިހާރު މިއޮންނަ ގޮތުން ބޭންކުން ލޯނެއް ނުލިބޭ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް އެބަހުރ،” މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ވިލިމާލޭގެ ލޭންްޑް ޔޫޒް ޕްލޭނެެއް ހަދައި މިހާތަނަށް ފާސްކޮށްފައެއް ވެސް ނުވެ އެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ލޭންޑް ޔޫޒް ޕްލޭން ހަދައި އެއް މަސް ދުވަހުގެ ތެރޭގައި ފާސްކުރާނެ ކަމަށެވެ.

ވިލިމާލޭގައި ދިރިއުޅޭ އެންމެ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށްގެން ވިލިމާލޭގައި ހައުސިން މަޝްރޫއެއް ފަށާނެ ކަމަށްވެސް މުއިއްޒު މިއަދު ވަނީ އިއުލާންކުރައްވާފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!