ޝީލާ މަނިކަށް: ތިއީޔޭ މިހިތުގެ ވިންދަކީ

ދިވެހި ފިލްމީ ދާއިރާގެ ނަމޫނާ ޖޯޑު ކަމަށްވާ ޝީލާ ނަޖީބާއި މުހައްމަދު މަނިކު، އެދެމީހުންގެ ކައިވެންޏަށް 17 އަހަރުފުރުން ފާހަގަކުރަމުން އެބަދެއެވެ.

އެނިވާސާރީއާ ގުޅިގެން ޝީލާ ވަނީ މަނިކަށް ޙާއްސަކޮށް އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. ދެމީހުން އެކީގައި ނަގާފައިވާ ހިތްގައިމު ފޮޓޯއަކާއެކު ޝީލާ ވަނީ ވަަރަށް ޙާއްސަ ބަސްކޮޅެއް ވެސް މަނިކަށް ރައްދުކޮށްފައެވެ. އެގޮތުން ޝީލާ ބުނީ މަނިކަކީ ކޮންމެ އަންހެނެއްގެ ހަޔާތަށްވެސް ލިބުމަށް އުންމީދު ކުރާނެ ފަދަ ނަމޫނާ ފިރިއެއް ކަމަށެވެ. އަދި ޝީލާ ވަނީ އެހާ ރަނގަޅު ފިރިއެއްގެ ގޮތުގައި ހުރީތީ އާއި، މަނިކުގެ ހަޔާތުގެ ބައިވެރިޔަކަށް ޝީލާ އިޚުތިޔާރު ކުރީތީ މަނިކަށް ޝުކުރުއަދާކޮށްފައެވެ.

ޝީލާ ބުނީ މަނިކު ދެކެ ވާ ލޯބި ކިޔައިދޭން ވެސް ނޭނގޭ ކަމަށެވެ. އަދި ކައިވެނީގެ އަހަރީ ދުވަހާ ގުޅިގެން ތަހުނިޔާ ކިޔަމުން، ޕޯސްޓު ނިންމާލާފައިވަނީ ވަރަށް ޙާއްސަ ބަސްކޮޅަކުންނެވެ. “ތިއީޔޭ މިހިތުގެ ވިންދަކީ”، މިގޮތަށް ޝީލާ ލިޔެފައިވާއިރު، އެއީ އެދެމީހުން އެކީ ކުރިން ކުޅުނު ވަަރަށް ކާމިޔާބު ޑްރާމާ ސިލްސިލާއެއްގެ ނަން ކަން ފާހަގަކުރެވެއެވެ.

ޝީލާއާއި މަނިކުގެ ކައިވެންޏަށް 17 އަހަރު ފުރުނުއިރު، އެދެމީހުންނަށް ދެކުދިން ވަނީ ލިބިފައެވެ.

ފިލްމީ ދާއިރާގެ ބޭރުންވެސް ޝީލާ މިހާރު ދަނީ އާންމުންގެ ލޯތްބާއި ތަރުހީބު ހޯދަމުންނެވެ. އެގޮތުން އޭނާ އާއި މަނިކު ގުޅިގެން ކާއެއްޗެހި ތައްޔާރުކުރާ ކެފޭއެއް ދާދިފަހުން ވަނީ ހުޅުވައިފައެވެ. އެ ކެފޭގައި ލިބެން ހުންނަނީ ޝީލާ ކައްކާ ޙާއްސަ ކާނާތަކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!