ބަރުދަން ލުއިކުރަން ވެއްޖެކަން އެނގެނީ ކޮން ހިސާބަކުން؟

ބަރުދަން ލުއިކުރަން ކުރާ މަސައްކަތަކީ އުނދަގޫ، ދިގު ދަތުރެކެވެ. މި ސަބަބާހެދި، ބަރުދަން އިތުރުވަމުންދާކަން އެނގިހުރެވެސް ހިކޭތޯ މަސައްކަތް ނުކުރާ މީހުން އުޅެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ކަންނެތް ވެގެން ނުވަތަ ވަގުތު ނުވެގެން ބަރުދަން ލުއިކުރުމުގައި ނޫޅެވެނީއެވެ. އެކަމަކު، ވަކި ހިސާބަކަށް ދިޔުމުން އެކަމުގައި އިތުރު އިޚުތިޔާރެއް ނޯންނާނެއެވެ. ނޫންނަމަ، ސިއްޙަތަށް ނުރައްކާވެ، ބޮޑު ބައްޔަކާ ހަނގުރާމަ ކުރާ ހިސާބަށް ދިޔުންފަދަ ކަންކަން ވެސް އެއްބައި މީހުންނަށް ދިމާވެއެވެ.

ބަރުދަން ލުއިކުރަން ޖެހެނީ ހަމައެކަނި ތިމާއަށް ތިމާގެ ސިފަ ކަމުނުގޮސްގެނެއް ނޫނެވެ. މިފަހަރު މި ކިޔައިދެނީ، ބަރުދަން ލުއިކުރަން ވެއްޖެ ކަން އަންގައިދޭ އެހެން މުހިންމު ނިޝާންތަކެވެ.

  • ލޭގެ ޕްރެޝަރު މަތިވުން. ބަރުދަން އިތުރުވާ ވަރަކަށް ލޭގެ ޕްރެޝަރަށް ވެސް އަސަރު ކުރޭ.
  • ފަސޭހައިން ވަރުބަލިވުން، އަދި އާންމު ދިރިއުޅުމުގައި ކުރާ ކަންކަން ކުރަން އުނދަގޫވުން. މިސާލަކަށް ހިނގުން، ސިޑިން މައްޗަށް އެރުން.
  • ނިދާފަ އޮންނައިރި ގުގުރިދެމުން. މިއީ ބަރުދަނާ ގުޅިފައިވާ ކަމެއް ކަމަށް ދިރާސާއިން ދައްކާ
  • އާއިލާގައި ކެންސަރު ވާރުތަކުރުން. މިފަދަ ހާލަތުގައި ސިއްޙަތަށް ވަރަށް ބޮޑަށް ބަލަންޖެހޭ.
  • ހުޅުހުޅުގައި ރިއްސުން.
  • މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ބަރުދަން އިތުރުވުން. އަހަރެމެން އެންމެންނަކީ ވެސް އުމުރުން ދުވަސްވާރަކަށް ބަރުދަނަށް ބަދަލު އަންނަ މީހުން. އެކަމަކު ދެތިން އަހަރު ތެރޭގައި އާދަޔާ ޚިލާފަށް މީހާ ފަލަވެ ބަރުދަން އިތުރުވުމަކީ މުސްތަޤުބަލުގައި ބޮޑު ބައްޔަކާ ހަނގުރާމަކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް.

ބަރުދަން ލުއިކުރުމުގައި އެމީހަކަށް އެންމެ ފަސޭހަ ޕްލޭނެއް އިޚުތިޔާރު ކުރާށެވެ. ސަބަބަކީ އެންމެންގެ ހަށިގަނޑު އެއްގޮތް ނުވެފައި، އެންމެންނަށް އެހާ ގިނަ ހުސްވަގުތެއް ނުލިބޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!