ވަރިކުރިފުޅުގެ ފޮޓޯއަކަށް ރިތިކްގެ ތައުރީފު

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން، އޭނާގެ ކުރީގެ އަންހެނުން ސުޒޭން ޚާންގެ ފޮޓޯއަކަށް ތަޢުރީފުކޮށް ކޮމެންޓު ކުރުމުން ފޭނުންގެ ސަމާލުކަން ލިބިއްޖެއެވެ.

ސުޒޭން ޚާން އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކީ، “ލޮކްޑައުން ލުކް” ކަމަށްބުނެ ދައްކައިލި ފޮޓޯއެކެވެ. އޭގައި އޭނާ ހުރީ އަޅި ކުލައިގެ ‘ޕަޓާނީ’ ޖުއްބާއެއް ލައިގެންނެވެ. އެކުވެރިއަކު އޭނާއަށް ފަހައިދިން އެ ޖުއްބާއެއް ކަމަށް ބުނަމުން ސުޒޭން ބުނީ އޭނާއަށް އެ ހެދުން ވަރަށް ކަމުގޮސްފި ކަމަށެވެ. އެއާއެކު، ރިތިކް ރޯޝަން ވެސް ވަނީ ސުޒޭންގެ “ލުކް” އަށް ތަޢުރީފު ކޮށްފައެވެ. އެގޮތުން “ސުޕަ ލުކް” އޭ ކިޔާފައި ރިތިކް ކުރި ކޮމެންޓަށް ސުޒޭން ރައްދު ދީފައިވާތަން ވެސް ފެނިގެންދެއެވެ.

ސުޒޭންގެ ފޮޓޯއަށް ރިތިކް ކޮމެންޓު ކޮށްފައިވާތަން ފެނިގެން އެމީހުންގެ ފޭނުންގެ މެދުގައި ވަނީ އެކި ކަހަލަ ޝައްކުތައް އުފެދިފައެވެ. އެގޮތުން އެ ކޮމެންޓަށް ރައްދުދިން ބައެއް މީހުން ވަނީ، އެދެމީހުން އަލުން ގުޅުނީތޯ ސުވާލު އުފައްދައިފައެވެ.

ރިތިކް ރޯޝަން އާއި ސުޒޭން ޚާން، އެދެމީހުންގެ 14 އަހަރުވީ ކައިވެނި ރޫޅާލާފައިވަނީ 2014 ގައެވެ. އެ ކައިވެނި ރޫޅުނީ، އެދެމެދަށް ބަތަލާ ކަންގަނާ ރަނައުތު ވަދެގެން ކަމަށް އޭރު އަޑުތައް ފެތުރެނެވެ. ފަހުން ކަންގަނާއާ ދެކޮޅަށް ރިތިކް ވަނީ ކޯޓަށް މައްސަލައެއް ވެސް ވައްދައިފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!