ރާދޭ ލީކު ކޮށްލުމުން ސަލްމާންގެ އިންޒާރެއް

ފިތުރު ޢީދު ދުވަހު ޕްރިމިއާ ކުރި ސަލްމާން ޚާންގެ “ރާދޭ” އިންޓަނެޓުގައި ލީކުކޮށްލުމާ ގުޅިގެން ސަލްމާންގެ ބަޔާނެއް ނެރެފިއެވެ.

“ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއި” ލީކުކޮށްލާފައިވަމީ އެ ފިލްމު ޕްރިމިއާ ކުރި ދުވަހުއެވެ. އެއާއެކު ސަލްމާން އިއްޔެ ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި ބުނީ، “ރާދޭ” ގެ ޓީމުން އެ ފިލްމު ބަލަން ބެލުންތެރިންނަށް ހުށަހެޅީ ވަރަށް ކުޑަ އަގެއްގައި ކަމަށެވެ. އެއީ އެންމެ 249 އިންޑިއަން ރުޕީސް ކަމަށާއި، އެކަމަކު ވެސް ޕައިރޭޓް ސައިޓުތަކުން އެ ފިލްމު އޮންލައިންކޮށް ސްޓްރީމްކުރެވޭ ގޮތަށް ލީކު ކޮށްލާފައިވާ ކަމަށެވެ. އަދި އެއީ ވަަރަށް ސީރިއަސް ޤާނޫނީ ކުށެއް ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާން ބުނީ، ސައިބާ ސެލް އިން މިހާރު އެފަދަ ސައިޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެފަދަ އަމަލެއްގައި ބައިވެރި ނުވުމަށާއި، ނޫންނަމަ ވަރަށް ބޮޑު މައްސަލަގަނޑެއްގައި ބެދޭނެ ކަމުގެ އިންޒާރު ސަލްމާން ވަނީ ދީފައެވެ.

“ރާދޭ” އަކީ ސަލްމާނާއި ދިޝާ ޕަޓާނީ ލީޑް ރޯލުތަކުން ފެނިގެންދާ އެކްޝަން ފިލްމެކެވެ. މިހާތަނަށް މި ފިލްމު އަންނަނީ ބޮކްސްއޮފީހުގައި ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ހޯދަމުންނެވެ. ސަލްމާން ބުނެފައިވާ ގޮތުގައި، މި ފިލްމުން ލިބޭ ހުރިހާ ފައިދާއެއް ހޭދަކުރާނީ ކޮވިޑް-19 އާ ދެކޮޅަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!