މިއަދު 741 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ރާއްޖެއިން ކޮވިޑް 19 އަށް 741 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 515 މީހުންނެވެ. އަދި އެހެން ދުވަސްތަކުގައި ނެގިފައިވާ ސާމްޕަލްތަކާއެކު ޖުމްލަ 741 މީހަކު ޕޮޒިޓިވްކަން މިއަދުވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 560 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 156 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 25 މީހުންނެވެ. ވޭތުވެ 24 ގަޑިއިރުގެތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންނާއެކު މިވަގުތު 15،958 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 262 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ. ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވާ ޖުމްލަ މީހުންގެ ޢަދަދުވަނީ ސާޅީސް ހަތަރު ހާސް ފަސް ސަތޭކަ ތޭވީހަށް އަރާފައެވެ.

ވޭތުވެ 24 ގަޑިއިރުގެތެރޭގައި މިބަލިން 446 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 28،459އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 2،881 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 97އަކަށް އަރާފައެވެ. އެއީ 84 ދިވެހިންނާއި 13 ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!