ޞާދުބެ ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނއއވ) އަދި ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ސާދިގު (ސޯދުބެ) ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި މިވަގުތު ދަނީ ފަރުވާ ހޯއްދަވަމުންނެވެ.

ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ސޯދުބެގެ އުމުރުފުޅަކީ 85 އަހަރެވެ.

ދިވެހި ބަހާއި ތާރީޚަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަބްދުﷲ ސޯދިގު (ސޯދުބެ)އަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް، ސަރުކާރުން އެރުވީ 2019 ވަނަ އަހަރު އެވެ. 1980 އަދި 1983 ގައި އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، 1992 ގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު، އަދި 1998 ގައި ދިވެހި ބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު އަދި މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންނެވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!