އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންނަށް ބަންދުގެ  މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ޓެރަރިޒަމާއި ދެކޮޅަށް އިއްޔެ ހިންގި އޮޕަރޭޝަންގައި ހަތްމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން، ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ 15 ދުވަހަށެވެ. އަދި ބާކީތިބި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ 7 ދުވަހުގެ މުއްދަތަކަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ހަތް މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ފުލުހުން ނުދެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!