ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު މަޖިލީހާ ހިއްސާކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅޭ މައުލޫމާތު މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއާއި  މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ އާ ހިއްސާ ކޮށްފި އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މި ހާދިސާގެ ތަހުގީގުގެ އެންމެ ފަހުގެ އަޕްޑޭޓުތަކާއި ގުޅިގެން މަޖިލީހާއި މެމްބަރުންނާއި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. 

އެ ކޮމިޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.

މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުން ވަނީ، މި ހާދިސާގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް އަބަދުވެސް މަޖިލީހާއި ހިއްސާކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!