ކަރަންޓީނު އުސޫލުތަކާ ހިލާފައް ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހަކު ޖޫރިމަނާ ކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަނޑައަޅާފައިވާ ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެ، ގެއިން ނުކުމެގެން ގޮސް ކޯޓުގައި ކައިވެނި ކުރި ދެ މީހަކު 10،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޖޫރިމަނާކުރީ ގއ. ވިލިނގިލީގައި ކަރަންޓީނާ ހިލާފުވެ މިދިޔަ އަންގާރަ ދުވަހު ކައިވެނި ކުރި ދެ މީހެކެވެ. އެ ދެ މީހުން ކުރެ ކޮންމެ މީހަކު ވަނީ 10،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރި އިރު، ކޮވިޑް ފެތުރިފައިވާ ރަށަކުން ބަލި ނެތް ރަށަކަށް ދާ މީހުން ހޯމް ކަރަންޓީނުގައި ތިބެން ޖެހޭ މުއްދަތު 14 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. އަދި ކަރަންޓީނުން ނުކުމެވޭނީ ކޮވިޑު-19 އަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

ކަރަންޓީނުގެ އުސޫލާ ހިލާފަށް ކައިވެނިކުރިއިރު، އެ ރަށުން މީހަކު ބައްޔަށް ޕޮޒިޓިވްވުމުން މިދިޔަ ހަފުތާގައި ރަށް ވަނީ މޮނިޓަރިންނަށް ލައިފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!