ފޮޓޯ: މިހާރު

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާ ކުރިއަށްދާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށެވެ. މިހާރު ވަނީ މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

މި ޖަލްސާގައި ރަޖިސްްރީވާން ބޭނުންވާ ހިއްސާދާރުންނަށް agm.sto.mv މެދުވެރިކޮށް މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެ އެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!