އިތުރު 1007 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 1007 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޕޮޒިޓިވްވި 1007 މީހުންގެ ތެރެއިން 821 މީހުންނަކީ މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ފާއިތުވި 24 ގަޑިއިރުތެރޭގައި ޕޮޒިޓިވްވި މީހުންނެވެ. އަދި ބާކީ 186 މީހުންނަކީ މީގެ ކުރިން ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނުލިބި ތިބި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ.

ޕޮޒިޓިވްވި 1007 މީހުންގެ ތެރެއިން 793 މީހުންނަކީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތެރެއިން މީހުން ދިރިއުޅޭ ރަށްތަކުން 183 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 26 މީހުންނާއި ސަފާރީތަކުން 5 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ޜާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 43،782 އަށް އަރައިފައެވެ.

މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ 15،666 މީހުން ރާއްޖޭގައި ތިބިއިރު، އޭގެތެރެއިން 260 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ވޭތުވެ 24 ގަޑިއިރުގެތެރޭގައި މިބަލިން 341 މީހަކުވަނީ ރަނގަޅުވެފައެވެ.

ކޮވިޑްގެ ފުރަތަމަ މަރަށް ރާއްޖޭގައި އަހަރެއް ވެފައިވާއިރު މިހާތަނަށް 94 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 81 ދިވެހިންނާއި 13 ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!