ދަންވަރު ޖަންކް ފުޑް ކެއުމުން ދުރުވާން ކައިލީ ޖެނާ ކުރަނީ މާ މޮޅު ކަމެއް!

ފެޝަން އައިކޮން އެއްގެ ގޮތުގައި ޒުވާން އަންހެން ކުދިން ބަލާ އެމެރިކާގެ މަޝްހޫރު މީސްމިޑިއާ އިންފްލުއެންސާ ކައިލީ ޖެނާ، ދަންވަރު ޖަންކް ފުޑް ކެއުމުން ދުރުވާން ކަންތައް ކުރާ ގޮތް އެނގޭ ހެއްޔެވެ؟

ދަންވަރު ބަނޑުހައިވުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު ކަމެކެވެ. އަދި އެގަޑީގައި ބޮޑަށް ކާހިތްވަނީ ވެސް ކޮންމެވެސް ޖަންކް ފުޑް އެކެވެ. ބާގާ، ޕިއްޒާ، ޕޮޓޭޓޯ ޗިޕްސް ނުވަތަ ފޮނި ކޮންމެވެސް އެއްޗެކެވެ. އެކަމަކު ކައިލީ އަކީ ސިއްޙަތަށް ބަލައިގެން އުޅޭ މީހެއް ކަމުން، އެކަހަލަ ކެއުންތަކާ ދުރުވެވޭތޯ ވަރަށް ބަލައެވެ. ޙާއްސަކޮށް ރޭގަނޑު ނިދަން އޮށޯތުމަށްފަހު އެއްވެސް ކަހަލަ “ބޭކާރު” އެއްޗެއް ނުކެވޭތޯ ކައިލީ ބަލައެވެ.

މީގެކުރިން މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި 23 އަހަރުގެ ވިޔަފާރިވެރިޔާ ބުނީ، ދަންވަރު ބަނޑުހައިވުމުން ސަލާމަތްވާން އޭނާ ހާއްސަ އުކުޅެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ވަކި ވަގުތެއް ވުމުން ކޮޓަރިއަށް ވަދެފައި އެނދުގައި އޮށޯވެގެން ޓީވީ ބަލަން އޮންނަނީ ކަމަށް ބުންޏެވެ. އަދި ކޮޓަރި ތަޅުލައިގެން، ބޭރަށް ނުދެވޭ ގޮތަށް އޮންނައިރު، ކައިރީގައި ހުންނަ މޭޒުމަތީގައި ކުރިންސުރެ ތަށްޓަކަށް ކޮށާފައި ހުންނަ އާފަލު ފޮތިތަކެއް ހުންނަ ކަމަށާއި، އެންމެފަހުން ބޭރަށް ނުކުންނަން ކަންނެތްވުމުން، ބަނޑުހައިވިޔަސް އާފަލު ކެއުން ނޫން ގޮތެއް ނޯންނަ ކަމަށް ކައިލީ ބުންޏެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!