އީދު ދުވަހު ގޯހަރް އެންމެ ހަނދާންވީ ބައްޕަ މަތިން

އިންޑިއާގައި އިއްޔެ ފިތުރު ޢީދު ދުވަސް ފާހަގަކުރިއިރު، މަޝްހޫރު މޮޑެލް/އެކްޓްރެސް ގޯހަރް ޚާން ޢީދާ ބެހޭގޮތުން ގިނަ ޕޯސްޓުތަކެއް ހިއްސާކޮށް ފޭނުންގެ ސަމާލުކަން ހޯދައިފިއެވެ.

ގޯހަރް ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރީ ޢީދު ތަކެކޭ އެއްގޮތަށް މި ޢީދު ފާހަގަނުކުރެވޭތީ، އެންމެ ހަނދާންވާ ކަންކަން ހާމަކޮށްފައެވެ. އެގޮތުން އޭނާ ބުނީ، އެންމެ ބޮޑަށް ހަނދާންވަނީ ބައްޕަ މަތިން ކަމަށެވެ. ގޯހަރްގެ ބައްޕަ ވަނީ މި އަހަރު މާޗު މަހު މަރުވެފައެވެ.

ބައްޕަގެ ފޮޓޯއެއް ހިއްސާކުރަމުން ގޯހަރް ބުނީ އޭނާގެ ބައްޕައަކީ އޭނާގެ “ސްޓައިލް އައިކޮން”، މުދައްރިސް އަދި އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. “ބައްޕަދެކެ ވަރަށް ބޮޑަށް ލޯބިވޭ”، ގޯހަރް ލިޔެފައިވެއެވެ.

މިއީ ގޯހަރް ކައިވެނިކުރި ފަހުން ފިރިމީހާ ޒައިދް ދަރްބާރް އާއެކީ ފާހަގަކުރާ ފުރަތަމަ ޢީދު ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނިމިދިޔަ ރަމަޟާން މަހުވެސް ގޯހަރް ވަނީ މާތް މައްސަރާ ގުޅޭގޮތުން ގިނަ ޕޯސްޓުތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ރޯދަމަސް ނިމުމުގެ ކުރިން ޤުރްއާން ޚަތިމެއް ކުރެވުމުން އެކަމުގެ އުފާފާޅުކޮށް ކުރި ޕޯސްޓަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!