އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ފަސްކޮށްފި

މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކުރުމަށް ނިންމައިފިއެވެ.

އެމްޑިޕީން ބުނީ ދާއިރާތަކުގެ އިންތިޚާބު ފަސްކުރަން ނިންމީ އެ ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާތީ މިއީ އެންމެ ރަނގަޅު ދަނޑިވަޅަކަށް ނުވާތީކަމަށެވެ. އަދި އެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައަޅައި އިއުލާނު ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އިންތިޚާބު ފަސްކުރިނަމަވެސް، އިންތިޚާބާ ގުޅޭގޮތުން ޕާޓީން މިވަގުތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެކަމަށް އެމްޑީޕީގެ އޮފީހުން ބުންޏެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ސިޓީތަކާއި ދާއިރާތަކުގެ ޖުމްލަ 455 މަޤާމަކަށް މިހުން އިންތިޚާބުކުރަން ވަނީ ނިންމައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!